Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަލިފާނުގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްއިން ބަލަނީ

އަލިފާނުގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްއިން ބަލަނީ

އދ. ދިގުރަށުގައި ހިނގި އަލިފާނުގައި ބިދޭސީންތަކެއް މަރުވި މައްސަލަ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ބަލަން ފަށައިފިއެވެ.

ރޭ ދިގުރަށުގައި ހިނގި އަލިފާނުގައި ފަސް ބަނގުލަދޭޝްގެ މީހަކު މަރުވީ އެ މީހުން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޯވެގެންނެވެ.

އެޗްއާރުސީއެމްއިން ބުނީ އެ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތާއި އެ ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ އެ ކޮމިޝަނުން ގާތުން ބަލަމުންދާ ކަމަށެވެ.

Advertisement
HDC — Sidebar (box)

ރޭ ހިނގި ހާދިސާގައި އިތުރު ތިން މީހަކަށް އަނިޔާވި އިރު ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކު އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް