ޚަބަރު

އީދު ދުވަހު ހެނދުނު ރައީސްގެ ދެކަނބަލުންގެ ސަލާންކުރެއްވުން އޮންނާނެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސްގެ ދެކަނބަލުން މީގެ ކުރިން އީދު ސަލާން ކުރައްވަނީ --

މިއަހަރުވެސް ފިތުރު އީދު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އީދު ސަލާން ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

Ads by Allied

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ދެކަނބަލުންގެ އީދު ސަލާން ކުރެއްވުން އޮންނާނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:00އިން 11:00އަށް، މުލިއާގޭގައި ކަމަށެވެ.

އީދު ސަލާން ކުރެއްވުމުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށާއި، ބޭރުގެ އިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމިއްޔާގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދައުވަތު އަރުވާ،" ރައީސް އޮފީހުން ބުންޏެވެ.

އީދު ސަލާން ކުރަން އަންނަ ފަރާތްތަކުން މުލިއާގެއަށް ވަނުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލިއާގޭގެ ބޮޑު ދޮރޯށިންނެވެ. މުލިއާގެއަށް އާދެވޭނީ ޝަހީދު އަބްދުالله ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން ވަދެގެންނެވެ.