ޚަބަރު

ހޯރަފުށީގައި ބުޅަލެއް މަރައިލި މައްސަލައެއް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ހޯރަފުށި މަތިން ފެންނަ ފޮޓޯއެއް / ފޮޓޯ:ހަސަން ސާޖިން

ހއ. ހޯރަފުށީގައި ބުޅަލެއް މަރައިލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

Ads by Allied

ފުލުހުން މިއަދު ބުނީ ހޯރަފުށީގައި ބުޅަލަކަށް ގަސްދުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް މައްސަލައެއް މިމަހުގެ 12ވަނަ ދުވަހުގެ ރޭ 19:06ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

މީގެ ކުރީގައިވެސް ބުޅަލަށް އަނިޔާކޮށް މަރާލާފައިވާ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައިވެއެވެ.