Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގާސިމްގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ގާސިމްގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ ސަމާލުވާން އޭނާ އިލްތިމާސްކުރައްވައިފިއެވެ.

ގާސިމް މިއަދު ހަވީރު އެކްސްގައި ވިދާޅުވީ ދަތިހާލުގައި އުޅޭ ހުރިހާ ގޭބިސީތަކަށް މި ރޯދަމަހު ކޭޝް ސަޕޯޓް ގޮތުގައި ފަންސާސް ހާސް ރުފިޔާ އޭނާ ދޭން ނިންމާފައިވާކަމަށް ބުނެ ވަޓްސްއެޕް ގުރޫޕްތަކާއި ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި ލިންކެއް ބަޔަކު ދައުރުކުރަމުންދާ ކަމަށެވެ.

އޭއައި ފޮޓޯއަކާއި ސުވާލު ލިންކަކާ އެކު ފަތުރަމުންދަނީ އޭނާއާއި އެއްވެސް ގުޅުމެއް ނެތް ސައްހަ ނޫން  މުއާމަލާތްތަކެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

"މިފަދަ ސްކޭމަރުންގެ ސަބަބުން އެތައް ބައެއްގެ ވަގުތުބޭކާރުވެ، އެތައް ބަޔަކަށް ދެރަ ނިކަމެތި ގޮތްދިމާވަމުންދެއެވެ. އެހެންކަމުން މިފުރުސަތުގައި ރައްޔިތުންގެ ސަމާލު ކަމަށް ޓަކައި މި މައުލޫމާތު ހިއްސާކޮށްލަމެވެ. މިފަދަ ނޭންގާނީ އަމަލުތަކުން ދިވެހި މުސްލިމު މުޖުތަަޢު ސަލާމަތް ކުރައްވާށިއެވެ." ގާސިމް ވިދާޅުވިއެވެ.

އެކިއެކި ކަންކަމުގައި ސްކޭމްކުރުމުގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑެވެ. އެހެންވެ އެފަދަ މައްސަލަތައް ބަލަން ފުލުހުން ވަނީ އެންޓި ސްކޭމް ސެންޓަރެއް ވެސް ގާއިމުކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް