ޚަބަރު

ވައިކަރަދޫގައި 50 ހައުސިން ޔުނިޓް ތަރައްގީކުރަން އެޗްޑީސީއާ ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ހދ. ވައިކަރަދޫގައި 50ހައުސިން ޔުނިޓް ތަރައްގީކުރަން އެޗްޑީސީއާ ހަވާލުކޮށްފިއެވެ.

Ads by Allied

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ.

އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް)ޢަލީ ޒުހައިރުއެވެ.

އެ މަސައްކަތް ހަވާލުކުރީ މަސައްކަތް ފަށާތާ 480ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން އަޅާ ހައުސިން ޔުނިޓްތަކުގައި ތިން ކޮޓަރި ހުންނާނެއެވެ.