ޕޮލިސް ކޮމިޝަނަރު ކަމަށް 3 ބޭފުޅަކު ކުރިމަތިލައްވައިފި
ހުސްވެފައިވާ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް 3ބޭފުޅަކު ކުރިމަތި ލައްވައިފިއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހު އެކު ރިޓަޔާ ކުރެއްވުމުންނެވެ.
އެމަގާމަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވައިލި މުއްދަތުގައި އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ. އެހެންކަމުން އެ އިއުލާނު މިއަދަށް ވަނީ ދަންމާލާފައެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ މިއަދު ވަގުތު ހަމަވިއިރު 3ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. އެއީ:
- ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ
- އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
- އެސިސްޓެންޓް ކޮމިޝަނަރު އަބްދުالله ޝަރީފް
ނަވީން ރިޓަޔާ ކުރެއްވުމުން މިހާރު ފުލުހުންގެ ހިދުމަތާ ހަވާލުވެ ހުންނެވީ ފަރުހާދެވެ.
ދެން އައްޔަންކުރާ ޕޮލިސް ކޮމިޝަނަރު ވެގެންދާނީ މި ސަރުކާރުގެ 3ވަނަ ކޮމިޝަނަރަށެވެ. ނަވީންގެ ކުރިން އެމަގާމުގައި ހުންނެވީ އަލީ ސުޖާއުއެވެ. އޭނާ ވެސް ވަނީ ރިޓަޔާ ކުރައްވާފައެވެ.