ޚަބަރު

 ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުން ފަދަ ކަންކަމުން ދުރުވަން އޭސީސީއިން އިލްތިމާސްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އޭސީސީގެ ރައީސް ޝާމިލް/ ފޮޓޯ: އޭސީސީ

ވޯޓަށް ނުފޫޫޒު ފޯރުވުމަށް ރިޝްވަތު ދިނުން ފަދަ ކަންކަމުން ދުުރުވަން އޭސީސީއިން އިލްތިމާސްކޮށްފިއެވެ.

Ads by Allied

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު މާދަމާ ބާއްވާއިރު އޭސީސީން މިރޭ ނެރުނު ބަޔާނުގައި ބުނީ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ފަދަ މައްސަލަތައް ތަހުގީގުކުރަމުންދާ ކަމަށެވެ.

އަދި އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަކީ ޖިނާއީ މައްސަލަތަކެއްކަމުން އެ މައްސަލަތައް ތަހުގީގުކުރުމުގައި ތަބާވާނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަށް ކަމަށް ވެސް އޭސީސީން ބުންޏެވެ.

"އިންތިހާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ކެމްޕޭން ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަކީ ނުހަނު މުހިންުމު ކަމެކެވެ"އޭސީސީން ބުންޏެވެ.

އެހެންކަމުން ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ފަރާތަކަށް ރިޝްވަތު ހުށަހަޅާނާޅައި ވޯޓު ދިނުމުގެ ގާނޫނީ ހައްގު ހެޔޮ ގޮތުގައި ބޭނުންކުރުމަށް އޭސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance