ޚަބަރު

އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީގެ މަޤާމުން އިބްރާހީމް ޝާހިދު ވަކިކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދައުލަތުގެ ފެނުގެ ޚިދުމަތް ފޯރުކޮށްދޭ މައި ކުންފުނި ކަމަށްވާ މޯލްޑިވްސް ވޯޓަރ އެންޑް ސެވަރެޖު ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމަކާ ގުޅިގެން، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ޝާހިދު އެ މަޤާމުން ދުރުކޮށްފިއެވެ.

Ads by Allied

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގާ ގަވާއިދުތައް އޮންނަ ގޮތުން، ކުންފުނިތަކުގެ ނައިބު މެނޭޖިންގ ޑިރެކްޓަރުން ފަދަ އިސް މަޤާމުތަކަށް ބޭފުޅުން ހަމަޖެއްސުމާއި އެ މަޤާމުތަކުން ބޭފުޅުން ވަކިކުރުމުގެ ފުރިހަމަ އިޚުތިޔާރު ލިބިގެން ވަނީ ކުންފުނީގެ ބޯޑަށެވެ. އެގޮތުގެ މަތިން ޝާހިދު މަޤާމުން ވަކިކުރުމަށް ފާސްކޮށްފައި ވަނީ އެމްޑަބްލިޔުއެސްސީގެ ބޯޑުން ބޭއްވި ޚާއްޞަ ބައްދަލުވުމެއްގެ ތެރެއިންނެވެ.

އޮގަސްޓް 3، 2025ގައި އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީގެ މަޤާމަށް އައްޔަނުކުރެވުނު އިބްރާހީމް ޝާހިދަކީ މީގެ ކުރިން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

އެމްޑަބްލިޔުއެސްސީގެ އެންމެ އިސް ސަފުގައި ޝާހިދާ އެކު ޖުމްލަ 11 ބޭފުޅަކު ކުންފުނީގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގައި ހިމެނިވަޑައިގަންނަވާއިރު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެން ވަނީ ޖުމްލަ 6 މެންބަރުންގެ މައްޗަށެވެ.

Ads by Allied Insurance