ޚަބަރު

މިލަންދޫއިން މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ށ. މިލަންދޫއިން މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.

Ads by Allied

މިއަދު މެންދުރު ކުޑަކުޑަ ދޯންޏެއްގައި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނީ 20އަހަރާއި 25އަހަރުގެ މިލަންދޫގެ ޒުވާނެކެވެ.

އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.

މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް "ދެން"އަށް މިރޭ ވިދާޅުވީ ގެއްލުނު މީހާ މީގެ ދެތިން ގަޑިއިރު ކުރިން ފެނިފައިވާ ކަމަށެވެ.

"އޭނާ ބައްޕަ ރަށް ކޮމަންޑޫއަށް ދިޔައީ ދޯނި އަނބުރާލައިފައި. ދެން ފޯނު އޮތީ ގޭގައި ބާއްވައިފައި"އާތިފް ވިދާޅުވިއެވެ.

Ads by Allied Insurance