ޚަބަރު

ރައީސް އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ލަންކާގެ ރައީސް

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

Ads by Allied

ލަންކާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެކުއަޓިކް އެންޑް އޯޝަން ރިސޯސަސްއާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނީ، މިދަތުރުފުޅުގެ މައިގަނޑު އެއް އަމާޒަކީ ދެގައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް، އާ އިންވެސްޓްމެންޓްތަކަށް މަގުފަހި ކުރުން ކަމަށެވެ.

ދެ ގައުމުގެ މަސްވެރިކަމުގެ ސިނާއަތް ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަށް ހޯދުމުގެ މަޝްވަރާތައް މިހާރުވެސް ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން ރާއްޖޭން ބާނާ މަސް، ލަންކާގެ ދަޅުމަހުގެ ސިނާއަތާ އެއްކޮށްލައި، އާ އުފެއްދުންތައް ތައާރަފް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

އޭގެ އިތުރުން، ދެގައުމުގެ މެދުގައި މުދާ ފޯރުކޮށްދިނުމުގެ ސީދާ ނިޒާމެއް ގާއިމްކުރުމަށްވެސް މަޝްވަރާކޮށްފައިވެއެވެ. މިހާރު ލަންކާ ލޭބަލް ޖެހި މުދާ ރާއްޖެ އެތެރެކުރަނީ ޔޫއޭއީ މެދުވެރިކޮށެވެ.

މިއީ ލަންކާއަށް ރައީސް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ނަމަވެސް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް ވަޑައިގެންފައެވެ.

Ads by Allied Insurance