ޚަބަރު ރައްޔިތުންގެ މަޖިލިސް

ގޮނޑި ގެއްލޭ އިސްލާހު ބާތިލުކުރާނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ސުޕްރީމް ކޯޓު ހިންގާ އިމާރާތް / ފޮޓޯ:ދެން އިމޭޖްސް

ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރާނެ އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

Ads by Allied

ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިންއެވެ. އެ މައްސަލައަށް އެމްޑީޕީން ވަނީ ތަދައްހުލުވެފައެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން ބަލައި ކުރި ހުކުމުގައި ބުނީ މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އުސޫލަކީ މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި ގެންގުޅޭ އަސާސީ އުސޫލެއް ކަމަށެވެ.

އެހެންކަމުން އެފަދަ އުސޫލެއް ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތުމަކީ އޭގެ ޒާތުގައި ދައުލަތް ހިންގާ އަސާސީ އުސޫލުތަކަށާއި، ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ސިޔާދަތީ ބާރުތަކަށާއި، ގާނޫނު ހެދުމުގެ ބާރުތައް ރައްޔިތުންގެ މަޖިލީހަށް ލިބިދީފައި އޮތް އޮތުމަށް އުނިކަން އަންނާނެފަދަ އުސޫލުތަކެއް ކަމުގައި ނުދެވޭ ކަމަށް ހުކުމުގައިވެއެވެ.

އެކަންކަމަށް ރިއާޔަތްކޮށް، ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ އިސްލާހެއް ކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް ނެތް ކަމަށާއި، އަދި އެ އިސްލާހަކީ މިހާރު ހިނގަމުންދާ މަޖިލީހަށްވެސް ހިނގާނެ އިސްލާހެއް ކަމަށް ކަނޑައަޅައި ވަނީ ހުކުމްކޮށްފައެވެ.

 

Ads by Allied Insurance