ޚަބަރު

ބުރިޖުގައި ކާރެއް މަޑުކުރުމުން ތިން ކާރެއް އެކްސިޑެންޓްވެ ބޮޑެތި ގެއްލުންތަކެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސިނަމާލޭ ބްރިޖް މަތިން ނަގާފައިވާ ފޮޓޯއެއް.. ދެން އިމޭޖްސް

ސިނަމާލެ ބުރިޖުގައި ކާރެއް މަޑުކުރުމުން ތިން ކާރެއް އެކްސިޑެންޓްވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

Ads by Allied

ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ ހާދިސާ ރިޕޯޓްކުރީ މިއަދު މެންދުރު 12:27އެހައިކަންހާއިރު ކަމަށެވެ.

އެގޮތުން ބުރިޖުގައި ކާރެއް މަޑުކޮށްލުމުން ފަހަތުން އައި ތިން ކާރު ކޮންޓްރޯލް ނުވެ ޖެހިގެން އެކްސިޑެންޓްވީ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އެ ތިން ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

އޭގެ އިތުރުން މަޑުކުރި ކާރަށް ވެސް ކުޑަކުޑަ ގެއްލުންތަކެއް ލިބުނެވެ.

ނަމަވެސް އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެއެވެ.

ބުރިޖުގައި ވެހިކަލްތައް މަޑުކޮށްގެން މީގެ ކުރިން ވެސް އެކްސިޑެންޓްތައް ހިނގާފައިވެއެވެ.

Ads by Allied Insurance