ޚަބަރު

މޫސުން ގޯސްވާނެ، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ: މެޓް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

Ads by Allied

ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް، މިއަދުގެ 12:30 އިން 18:30އަށް ހުދު ސަމާލު ނެރެފައިވާކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ. އަދި އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

Ads by Allied Insurance