ޚަބަރު

ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދެ ޑިރެކްޓާ ޖެނެރަލުން ސަސްޕެންޑްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަގާމުން ސަސްޕެންޑް ކުރި ޒަކަރިއްޔާ އަދި އަހުމަދު އަލީ (ކަނާތުން ވާތަށް)

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ)ގެ ދެ ޑިރެކްޓާ ޖެނެރަލުން ސަސްޕެންޑްކޮށްފިއެވެ.

Ads by Allied

"ދެން"އަށް ކަށަވަރުވެފައިވާ ގޮތުން ސަސްޕެންޑްކުރީ ޒަކަރިއްޔާ ހުސެއިން އަދި އަހުމަދު އަލީއެވެ.

ދެ ބޭފުޅުން ވެސް ސަސްޕެންޑްކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ކަމަށް ވެސް ވަނީ އެނގިފައެވެ.

ދެ ބޭފުޅުން ސަސްޕެންޑްކުރި ސަބަބާ ގުޅޭ ގޮތުން ޑީޖީއޭއިން މިހާތަނަށް ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެެއެވެ. އަދި އެ ބޭފުޅުންގެ މައްޗަށް ކޮށްފައިވަނީ ކޮން ތުހުމަތުތަކެއްކަމެއް ވެސް ސާފެއް ނުވެއެވެ.

ސަސްޕެންޑްކުރި އަހުމަދު އަލީ ނިމިގެން ދިޔަ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީއެވެ. އަދި ޒަކަރިއްޔާ ކުރިން ވަނީ  ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން އަދާކުރައްވައިފައެވެ.

ދެ ޑިރެކްޓާ ޖެނެރަލްއިން ސަސްޕެންޑްކުރި އިރު (ޑީޖޭއޭ)ހިންގުމުގެ އެންމެ އިސްކޮށް ހުންނެވި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

Ads by Allied Insurance