ބޮލީވުޑް މުނިފޫހިފިލުވުން

އަހަރެން ސާރާ ދެކެ ރުޅި އައިސްފަ ހުރިއްޔާ، އެކަން ތައިމޫރަކަށް ރަނގަޅެއް ނުކުރެވޭނެ: ސައިފް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސައިފް ޢަލީ ޚާން އާއި އޭނަގެ އަންހެން ދަރިފުޅު ސާރާ ޢަލީ ޚާން އާއިދެމެދު މިހާރު ގުޅުން އޮތް ގޮތާއި ބެހޭގޮތުން އެންމެ ފަހުން ސައިފް ވާހަކަ ދައްކައިފިއެވެ.

Ads by MWSC

މިހާރު ބޮލީވުޑްގައި ފެންމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައިގައި، އެންމެ ބޮޑަށް ތުހުމަތު އުފުލިފައިވާ އެއް އެކްޓްރެސް އަކީ ސާރާ އެވެ. އަދި މިމައްސަލައިގެ ސަބަބުން ސާރާ ދެކެ އޭނަގެ ބައްޕަ ހުރީ ރުޅި އައިސްފައި ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވެއެވެ.

މީގެއިތުރުން ސައިފް މިދުވަސްކޮޅު ނިއު ދިއްލީ އަށް އޭނަގެ އަންހެނުން ކަރީނާ ކަޕޫރް ޚާން އާއި ހަގު ދަރިފުޅު ތައިމޫރް ޢަލީ ޚާން އާއެކު ގޮސްގެން އުޅެނީ ވެސް ސާރާ ކުރިކަންތަކުގެ ސަބަބުން ރުޅި އައިސްގެން، އެކަންބޮޑުވުން ތަކުން ދުރަށް ދިޔުމަށް ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ނަމަވެސް ސައިފް ވަނީ މިކަން ދޮގު ކޮށްފައެވެ.

އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ސައިފް ބުނެފައިވަނީ ސާރާ ދެކެ ކަމަކާ ހިތްހަމަ ނުޖެހިއްޖެނަމަ އެކަމުން ތައިމޫރަށް އޭނާ ހިތްހަމަ ޖައްސައި ނުދެވޭނެ ކަމަށާއި އެކަން ކުރެވޭނީ ހަމަ ސާރާ އަށް ކަމަށެވެ.

މީގެ އިތުރުން ސައިފް ބުނީ އޭނާގެ ތިން ދަރިން ދެކެ ވެސް އޭނާ އިންތިހާއަށް ލޯބިވާ ކަމަށާއި ކޮންމެ ކުއްޖަކަށް ވެސް ދެވިފައި ވަނީ ވަކި މަގާމެއް ކަމަށެވެ.

މިހާރު ތައިމޫރް އާއެކު ގިނަ ވަގުތު އުޅުން ކަމުގައި ވިޔަސް، ސާރާ އާއި އިބްރާހިމް އަލީ ޚާންއާ ވެސް ސައިފް ދުރެއް ނޫން ކަމަށާއި އެކުދިންނާއި ވަރަށް ގިނަ ވަގުތު ފޯނުން ވާހަކަ ދައްކާ ކަމަށް ވެސް ސައިފް ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!