މުޒާހަރާއަކީ ޕާޓީއާ ނުގުޅޭ މައްސަލައެއް، ޖޫރިމަނާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ޕީއެންއެފް
ޕާޓީގެ ރަސްމީ ހަރަކާތްތަކާ އެއްވެސް ގުޅުމެއް ނެތް ކަމަކަށް ރިއާޔަތްކޮށް، ޖޫރިމަނާކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ބުނެފިއެވެ.
ޕީއެންއެފްއިން ބުނެފައި ވަނީ މި މަހުގެ 5ވަނަ ދުވަހު އެ ޕާޓީން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޮނުވި ސިޓީއަށް ރިޢާޔަތްކުރުމެއް ނެތި ޕާޓީ ޖޫރިމަނާ ނުކުރެވޭނެ ކަމަށާއި އެކަމަށް ޕީއެންއެފް އިން ވަނީ ނުރުހުން ފާޅުކޮށް އީސީއަށް ސިޓީއެއް ފޮނުވާފައެވެ.
އީސީން ބުނެފައި ވަނީ ސިޔާސީ ޕާޓީއެއްގެ މައްޗަށް މާލީ އަދަބެއް ކަނޑައަޅަންޖެހޭނީ ސީދާ ޕާޓީން އިސްނަގައިގެން ނުވަތަ ޕާޓީގެ ނަމުގައި ހިންގާފައިވާ ޤަވާއިދާ ޚިލާފު އަމަލަކާ ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅަކީ އެއްވެސް އަސާސެއް ނެތް، އަދި ސިޔާސީ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ނިޔަތުގައި ނިންމާފައިވާ ބޭއިންސާފު ނިންމުމެއްކަމަށް ޕީއެންއެފްއިން ތުހުމަތުކުރެއެވެ.
ކަމާބެހޭ މުއައްސަސާތަކުން މިފަދަ ފިޔަވަޅުތައް އަޅާއިރު، ކަން ހިނގާފައިވާ ގޮތް ފުރިހަމައަށް ތަހުގީގުކޮށް އިންސާފުވެރިކަމާއެކު އަމަލުކުރުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.