ޚަބަރު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު ނެރެފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

Ads by Allied

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 09:30އިން ފެށިގެން މެންދުރުފަހު 15:30އަށް ކަމަށެވެ. އަދި އެ ވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.

އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

Ads by Allied Insurance