ޚަބަރު

ކޮވިޑް-19: ފޯކައިދޫން ވެސް ފުލުހަކު ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ށ. ފޯކައިދޫން ވެސް ކޮވިޑް-19 އަށް ފުލުހަކު ފައްސި ވެއްޖެއެވެ.

Ads by Hajj Corporation

ފޯކައިދޫން ފުލުހެއް ފައްސި ވެފައި މިވަނީ މާލެއިން ދިޔަ ފުލުހުން ތަކެއް ކޮންޓެކްޓްވެ، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު މިމަހުގެ 5 ވަނަ ދުވަހު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ގިނަ ބަޔަކު އައިސޮލޭޓުކޮށް ޓެސްޓް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ފޯކައިދޫން ފައްސިވެފައި ވަނީ ވެސް މި ކްލަސްޓާ އާ ގުޅުންހުރި ފުލުހެކެވެ.

އުތުރުގެ މި ކްލަސްޓާގައި ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 7 އަށް އަރާފައެވެ. އެއީ ކުޅުދުއްފުށިން 2 މީހުންނާއި ކުރިނބީން މީހަކާއި ދިއްދޫއިން 3 މީހުން އަދި ފޯކައިދޫން މީހެކެވެ.

މިކޭސްއާއި ގުޅިގެން 3 އަތޮޅުން ޖުމްލަ 180 މީހަކު މިވަގުތު ހޯމް ކަރަންޓީނުގައި އެބަތިބިއެވެ.

މިއަދު ފައްސިވިމީހާ އާ ރޭ ދިއްދޫއިން ޕޮޒިޓިވްވި 3 މީހުންނާ ގުޅިގެން އެދެ ރަށުގައި މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!