ދުނިޔެ

އީރާނުގެ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗޭނަށް އައިސްފައިވާ ދަތިތަކަށް އޭޝިއާގެ އެގްރި-ޓެކް ސްޓާޓްއަޕްތަކުން ހައްލުތަކެއް ހޯދައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ޓޯކިޔޯ -- މިހާރު ހިނގަމުންދާ އީރާނުގެ ހަނގުރާމައިގެ ސަބަބުން މުދާ ފޯރުކޮށްދިނުމުގެ ނިޒާމަށް (ސަޕްލައި ޗޭނަށް) ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅިގެން، އިރުދެކުނު އޭޝިއާ އަދި އިންޑިއާގެ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީ ސްޓާޓްއަޕްތަކުން އައު ހައްލުތަކެއް ތައާރަފުކުރަން ފަށައިފިއެވެ. މިގޮތުން، ގަސްގަހާގެހި ކާނާ އުފައްދާ ނިޒާމު (ފޮޓޯސިންތަސިސް) އިތުރަށް ފުރިހަމަކުރުމާއި، ސިންތެޓިކް ލެދަރ ނުވަތަ މަސްނޫއީ ހަން އުފެއްދުމަށް އަލަނާސި ފަތް ބޭނުންކުރުން ފަދަ އީޖާދީ މަސައްކަތްތައް މި ކުންފުނިތަކުން ދަނީ ކުރަމުންނެވެ.

Ads by Allied

މި ސަރަހައްދުތަކުގެ އެގްރި-ޓެކް ސްޓާޓްއަޕްތަކުން އަމާޒު ހިފާފައިވަނީ، އަމިއްލަ ގައުމުތަކުން ފަސޭހައިން ލިބެން ހުންނަ ވަސީލަތްތައް ބޭނުންކޮށްގެން، އިމްޕޯޓުކުރާ ގަސްކާނާ ބޭނުންކުރާ މިންވަރު ކުޑަކުރުމަށެވެ. އަދި އޭގެ އިތުރުން، ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން އުފެއްދުންތައް މާކެޓަށް ނެރުމަކީވެސް ސަޕްލައި ޗޭނުގެ މައްސަލަތަކުން އަރައިގަތުމަށް އެފަރާތްތަކުން ކުރަމުންދާ މަސައްކަތެކެވެ.

(ފޮޓޯ: އިންޑިއާގައި ގޮވާންކުރުމަށްޓަކައި ދަނޑުވެރިންތަކެއް ހަނޑޫ ގަސްތަކެއް އުފުލަނީ. އިންޑިއާ އަދި އިރުދެކުނު އޭޝިއާގެ އިގުތިސާދީ ހަރަކާތްތަކުގެ ވަރަށް ބޮޑު ހިއްސާއެއް އަދާކުރަނީ ދަނޑުވެރިކަމުގެ ސިނާއަތުންނެވެ. © ރޮއިޓާސް)

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!