ޚަބަރު

މުޅި މާލެއާއި ހުޅުމާލޭން ކަރަންޓު ކެނޑިއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މާލޭގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީސް/ ފޮޓޯ: ދެން

މުޅި މާލެއާއި ހުޅުމާލޭން ކަރަންޓު ކެނޑިއްޖެއެވެ.

މާލޭގެ ހަތަރު އަވަށާއި ހުޅުމާލޭގެ ދެ ފިޔަވަހިން ވެސް ކަރަންޓު ކެނޑިފައިވާ ކަމަށް، މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ދެންމެ ބުންޏެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެނެވެ. އެއީ ކޮންމެ މައްސަލައެއް ކަމަށް ނުބުނާތީ، މުޅި މާލެއާއި ހުޅުމާލޭން ކަރަންޓު ކެނޑުނު ސީދާ ސަބަބެއް އަދި ނޭނގެ އެވެ. އަދި ކަރަންޓު ލިބޭނެ އިރެއް ވެސް ސްޓެލްކޯއިން އަދި ނުބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!