ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އައްޑޫ މީދޫން ދެ މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އައްޑު އަތޮޅު މީދޫއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.

Ads by Allied

އެ މައްސަލައިގައި ހައްޔަރުކުރީ މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މިރާޒް / ސ. މީދޫ، އީޖާޒް ނައީމް (43އ)އާއި ގުޑްލަކް / ސ. ހިތަދޫ، އަބްދުﷲ އަމީލު (41އ)އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް މަސްތުވާތަކެތި ހިފައިގެން ދާކަމުގެ މައުލޫމާތު ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

އެ އޮޕަރޭޝަންގައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 209ރަބަރު ޕެކެޓު ފެނުނު ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 18.16ގުރާމް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

Ads by Allied Insurance