ޚަބަރު

މިރޭ ދަންވަރު ދިވެހި ހައްޖުވެރިން މިނާއަށް ދަތުރުފަށަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހައްޖުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި--

ިމިރޭ ދަންވަރު ދިވެހި ހައްޖުވެރިން މިނާއަށް ދަތުރުފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Allied

އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލި ސައީދު މިރޭ މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވީ ދިވެހި ހައްޖުވެރިން މިނާއަށް ދަތުރުފަށާނީ ރާއްޖެ ގަޑިން ދަންވަރު 12:30ކަންހާއިރު ކަމަށެވެ.

އަދި މާތް ﷲ ހުރިހާ ހައްޖާޖީންނަށް ތައުފީގު ދެއްވައި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ހިއްވަރާއި އަޒުމާއި ހެޔޮ ސިއްހަތު ދެއްވުމަށް ވެސް މިނިސްޓަރު ދުއާކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މާދަމާ ރޭ ދިވެހި ހައްޖާޖީން އަރަފާތަށް ވެސް ދަތުރު ފަށާނެ ކަމަށެވެ.

"އިންޝާ ﷲ. ދިވެހި ތާރީހުގައި ވެސް ދިވެހި ހައްޖާޖީންނަށް ލިބޭނެ އެންމެ މަތީ ހިދުމަތާއި އެހީތެރިކަން ހައްޖު ކޯޕަރޭޝަންއިން ދަނީ ދެމުން. މިނާއާއި އަރަފާތުގެ އިންތިޒާމުތައް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފަ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހައްޖު މިޝަންއިން ހައްޖާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ދިވެހި ސަރުކާރުން އަބަދުވެސް ހާޖީންނަށް ގާތުން ހިދުމަތް ދިނުމުގައި ދެމި އޮންނާނެ ކަމަށެވެ.

Ads by Allied Insurance