ޚަބަރު

މަހުލޫފް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރާއްޖެއިން ޖަޕާނަށް ކަނޑައެޅި ސަފީރު އަހުމަދު މަހުލޫފް އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ޖަޕާނުގެ އެމްޕެރާ ހިޒް މެޖެސްޓީ އެމްޕެރާ ނަރުހިޓޯ އަށް މިއަދު ހެނދުނު އަރުވައިފިއެވެ.
ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ހިސް މެޖެސްޓީ އެމްޕެރާ ނަރުހީޓޯ ވަނީ ސަފީރު މަހުލޫފްއަށް މަރުހަބާ ވިދާޅުވެ ކާމިޔާބަށް އެދިވަޑައިގެންފައެވެ.
އަދި މިރަސްމިއްޔާތުގައި ސަޕީރު މަހުލޫފްވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު އެރުވިއެވެ.
ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސާ ގުޅުން ގާއިމުކުރީ 14ނޮވެމްބަރު 1967ގައެވެ. އެއާއެކު ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60އަހަރު ފުރުމުގެ މުނާސަބާ އަންނަ އަހަރު ފާހަގަކުރާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ސަފީރު މަހުލޫފުގެ އަރިހުގައި ސަފީރުގެ ނާއިބު، އަހުމަދު އާދިލް، އަދި ސެކަންޑް ސެކްރެޓަރީ ހައްވާ ސަމްހާ، އާމިނަތު ރަޒިއްޔާ އަދި އަޝްރަފް އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by Allied
Ads by Allied Insurance