ޚަބަރު

ކަރަންޓުގައި ޖެހުނު ކުއްޖާގެ ޙާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ލ. ގަމުގައި ކަރަންޓުގައި ޖެހި އިތުރު ފަރުވާއަށް މާލެ ގެނައި 14 އަހަރުގެ ފިރިހެންކުއްޖާ ޙާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

އައިޖީއެމް ހޮސްޕިޓަލުން މީޑިޔާތަކަށް މައުލޫމާތުދެމުން ބުނީ، ގަމު ހޮސްޕިޓަލުން ކަރަންޓުގައި ޖެހުނު ކުޑަކުއްޖެއްގެ ޙާލު ސިރިއަސް ކަމަށެވެ. އަދި ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ހާމައެއްނުކުރެއެވެ.

މި ހާދިސާ ހިނގީ އީދު ފާހަގަކުރުމަށް ވަމުންދިޔަ ތައްޔާރީތަކުގެ ތެރެއިިންނެވެ. މި ހާދިސާ ހިނގުމުން އެ ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުންނެވެ. އަދި ކުއްޖާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނައީ އިއްޔެގެ ވަގުތެއްގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!