ޚަބަރު

ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހުގެ ޖަލްސާއަސް އެޖެންޑާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އަޙުމަދު ނާޒިމް, ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފިއެވެ.

Ads by Allied

ރައްޔިތުންގެ މަޖިލީހުގެ ޝެޑިއުލްއިން ދައްކާގޮތުން އަންނަ އާދިއްތަ ދުވަހު ޖަލްސާއެއް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. އަދި އެ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ބުނެފައިވާ ގޮތުން ނާޒިމް ވަކި ކުރަން ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ގެންދާނެއެވެ.

އެ ގަރާރު ހުށަހެޅުމަށް ފަހު ނާޒިމް ވަކިކުރުމުގެ ކުރިން އޭނާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ދޭން ޖެހޭނެއެވެ.

މި މަހުގެ 20ވަނަ ދުވަހު މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވާ ގޮތުން ޖަވާބުދާރީވާން ލިބިވަޑައިގަންނަވާނީ 10މިނެޓްއެވެ. އަދި އެ މައްސަލައިގައި މެމްބަރުން ބަހުސްކުރަން 50މިނިޓް ލިބޭނެއެވެ.

ނާޒިމް ވަކިކުރަން ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕް ސޮއި ހަމަކޮށް ފާސްކުރީ މި މަހުގެ 13ވަނަ ދުވަހުއެވެ.

ނާޒިމް ވަކިކުރަން ނިންމި ސަބަބު ސީދާ ސާފެއް ނުވެއެވެ.

ނާޒިމަކީ މީގެ ކުރިން 17ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ނައިބު ރައީސްކަމުގެ މަޤާމު ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

Ads by Allied Insurance