ޚަބަރު

އިމާރާތަކުން އިއްޔެ ވެއްޓުނު ކުޑަކުއްޖާގެ ހާލު ރަނގަޅު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން

ރަށެއްގެ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ކުޑަ ކުއްޖާގެ ހާލު ރަނގަޅުކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by Allied

މި ހާދިސާ ހިނގާފައި ވަނީ މެދުރާއްޖެތެރޭގެ ރަށެއްގައެވެ. މި ހާދިސާއާ ގުޅޭ ގޮތުން މީޑިޔާތަކަށް ފުލުހުން މައުލޫމާތު ދިންގޮތުގައި ރޭ އެ ކުއްޖާ ވަނީ މާލެ ގެނެސް ފަރުވާދޭން ފަށައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. އަދި އެ ކުއްޖާގެ ހާލަތު ރަނގަޅު ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

އެނގިފައިވާ ގޮތުގައި އެ ކުޑަކުއްޖާ އަކީ 11އަހަރުގެ ކުއްޖެކެވެ.

Ads by Allied Insurance