އުރީދޫ އެޕްގެ 'ހޮޅުއަށި' މެދުވެރިކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލް ވަގުތުން ބަލައިލެވޭނެ
އުރީދޫ މޯލްޑިވްސްގެ މޮބައިލް އެޕްލިކޭޝަންގައި ހިމެނޭ "ހޮޅުއަށި"ފީޗާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ވަގުތުން ބަލައިލެވޭނެ ގޮތް އެ ކުންފުނިން ހަމަޖައްސައިދީފިއެވެ.
މިރޭ ރާއްޖެ ގަޑިން ނުވައެއް ޖަހާއިރު ޕީއެސްޖީ އާއި އާސެނަލް ވާދަކުރާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފޯރިގަދަ ފައިނަލް މެޗު، ލައިވްކޮށް ބެލުމަށްޓަކައި ކަސްޓަމަރުން ބޭނުންކުރަން ޖެހޭނީ އުރީދޫ އެޕްލިކޭޝަންގެ ތެރެއިން ލިބެން ހުންނަ އެމްޓީވީގެ ސީޒަން ޕާސްއެކެވެ. މިއީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ގޭގައި ނުވަތަ ކޮންމެ ތާކު ހުރެގެންވެސް ފަސޭހަކަމާއެކު މެޗުގެ ފޯރީގައި ބައިވެރިވުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލެވުނު ފުރުސަތެކެވެ.
މި ހިދުމަތަށް ސަބްސްކްރައިބް ކުރުމުން، ހިދުމަތުގެ އަގު ޕްރީޕެއިޑް ކަސްޓަމަރުންގެ ފޯނުގެ ބެލެންސްއިން އޮޓަމެޓިކުން ކެނޑިގެންދާނެއެވެ. އަދި ޕޯސްޓްޕެއިޑް ޕެކޭޖުތައް ގެންގުޅޭ ފަރާތްތަކަށް އެ މަހެއްގެ ފޯނު ބިލުގައި މި ފީ ހިމެނިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. އެމްޓީވީ ސީޒަން ޕާސް އެކްޓިވޭޓް ކުރުމުގެ އިޖުރާއަތްތައް ވަރަށް ސާދާއެވެ. އެގޮތުން އުރީދޫ އެޕް ހުޅުވާލުމަށްފަހު، 'ހޮޅުއަށި' އިހުތިޔާރުކޮށް، އެމްޓީވީ ސީޒަން ޕާސް ނެގުމުން މެޗުތައް އެއްވެސް ދަތިކަމަކާ ނުލައި ބަލައިލެވޭނެއެވެ.
މިއީ ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، މުނިފޫހިފިލުވުމުގެ ހިދުމަތްތައް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކޮށްފައިވާ އީޖާދީ ހިދުމަތެކެވެ. މުވާސަލާތީ ހިދުމަތްތަކުގެ އިތުރުން، ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭ ތަފާތު ގިނަ ފުރުސަތުތައް އެ ކުންފުނިން އަންނަނީ މެދުކެނޑުމެއްނެތި ފަހިކޮށްދެމުންނެވެ.