ޚަބަރު

ފެރިދޫގައި އައު ޕޮލިސް އިމާރާތް ހުޅުވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފޮޓޯ: ޕޮލިސް

އއ. ފެރިދޫގައި އައު ޕޮލިސް އިމާރާތް ހުޅުވައިފިއެވެ.

މި އައު ޕޮލިސް އިމާރާތް ހުޅުވާފައި ވަނީ އެކަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި އިިމާރާތް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވައި، ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އިހްސާނު ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ފެރިދޫ ކައުންސިލުން ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުންދެއްވާފައެވެ.

އަދި މި ރަސްމިއްޔާތު ނިމުމުން ދެ އިމާރާތުގެ ގޯތިތެރޭގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މާޅޮހުގެ އައު ޕޮލިސް އިމާރާތުގެ ބިންގާއަޅައި މަސައްކަތް ފަށާފައި ވަނީ 2025 އޮގަސްޓް 19ވަނަ ދުވަހުއެވެ. މި އިމާރާތުގައި އިދާރީބަޔަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ.

Ads by Allied Insurance