ފުލުހަކާ މާރާމާރީ ހިންގި ދިވެހި އަންހެނަކު ހައްޔަރުކޮށްފި
ފުލުހަކާ މާރާމާރީ ހިންގި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ލ. މާބައިދޫ/ފެނޭބާ، އައިޝާތު ޝާމުނާ(34އ.)އެވެ.
އެ މައްސަލައިގައި އޭނާ 10 ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ފުލުހުން ޝާމުނާ ހުރި ސަރަހައްދަށް ދިޔައީވެސް މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ލިބިގެންނެވެ. އަދި އެތަނަށް ދިޔަ ފުލުސް މީހާގެ ގައިގައި ޖަހާ މާރާމާރީ ހިންގިކަމަށް ވެސް ބުނެފައިވެއެވެ.
އެ މައްސައިގައި ވަކީލެއް ބޭނުން ނުވާ ކަމަށް ވެސް ޝާމުނާ ވަނީ ބުނެފައެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލު ބަންދު އަމުރުގައި ހާމަކޮށްފައެއްނުވެއެވެ.
Ads by Allied Insurance