ކެފޭ/ޓޭކްއަވޭގެ ތަންތަން ރެއިޑްކޮށް ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީއަކު އަތުލައިގެންފި
ކެފޭ/ޓޭކްވޭގެ ތަންތަން ރެއިޑްކޮށް ގަވައިދާ ހިލާފަށް އުޅުނު ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަންއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކެފޭ/ޓޭކްވޭ ތަންތަން ބަލާ ފާސްކުރުމަށް މާލޭގައި ރެއިޑް އޮޕަރޭޝަންއެއް ކުރިއަށް ގެންދިޔަ ކަމަށާއި އަދި ހަތަރު ތަނަކުން ހަ ބިދޭސީއަކު ޗެކްކުރި ކަމަަށެވެ.
އަދި އޭގެ ތެރެއިން އެކަކަކީ ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީއަކަށްވާތީ އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް ބުންޏެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޓަކައި "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓްއޮޕަރޭޝަންސް"އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގަވާއިދާ ހިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންކަން ފާހަގަކުރެވިފައިވާކަމަށް އިމިގްރޭޝަންއިން ވަނީ ބުނެފައެވެ. އަދި އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ބުނެފައެވެ.
އިމިގްރޭޝަންއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި ގަވައިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރިކުރާ މީހުން ވެސް ދަނީ އަތުލައިގަންނަމުންނެވެ. އެގޮތަށް އަތުލައިގަންނަ ފަރާތްތަކުން މުޑުދާރު ތަންތަނުގައި ކާބޯތަކެތި ހަދާކަންވެސް ވަނީ ފާހަގަވެފައެވެ.