Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެ

މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވުމާ ގުޅިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ނުކުމެ ފެން ހިންދުމުގެ  މަސައްކަތްފަށައިފިއެވެ.

ޤައުމީ ދިފާއީ ބާރުން ބުނީ، ތިން ސަރަހައްދެއްގައި ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމަށް ދަނީ ހަރަކާތްތެރިވަމުންނެވެ. އެއީ މާފަންނު ވެސްޓް ޕާކު ހިމެނޭ ސަރަހައްދާއި، ދަރުމަވަންތަ ހޮސްޕިޓަލް (އައިޖީއެމްއެޗް) ސަރަހައްދުގެ އިތުރުން ކިންގް ސަލްމާން މިސްކިތް ހުންނަ ސަރަހައްދެވެ.

https://twitter.com/MNDF_Official/status/2065363403120824694

Advertisement
Allied — Dhen Online (box)

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ސަމާލު ނެރެފައެވެ. އެގޮތުން، ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު ހަވީރު 17:00 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު، އެ ވަގުތުގެ ތެރޭގައި އެ ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ހާމަކުރައްވާ ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންމިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ބެލެވޭއިރު، އުތުރާއި މެދުރާއްޖެތެރެއަށް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ. ދެކުނުގެ އަތޮޅުތަކަށް ބަލާއިރު މައިގަނޑު ގޮތެއްގައި ކުރާނީ ކެރީގެ އަސަރެވެ.

ނަމަވެސް ކުރިއަށް އޮތް ދެ ދުވަހަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް، މޫސުން އިތުރަށް ގޯސްވެ އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހޭނެކަމަކަށް އެ އިދާރާއިން ލަފައެއް ނުކުރެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް