Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ދިވެހި ސިނަމާ

އަމްޖޭގެ 50 ވަނަ ފިލްމް ‘ގިލަން’ ގެ ޓިކެޓް މާދަމާ އިން ފެށިގެން ވިއްކަނީ!

އަމްޖޭގެ 50 ވަނަ ފިލްމް ‘ގިލަން’ ގެ ޓިކެޓް މާދަމާ އިން ފެށިގެން ވިއްކަނީ!

މަހުގެ 30 ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ 50 ވަނަ ފިލްމް ‘ގިލަން’ ގެ ޓިކެޓް މާދަމާ (14 ޖޫން) އިން ފެށިގެން ބެލުންތެރިންނަށް ވިއްކަން ފަށާނެ ކަމަށް އައިލެންޑް ސިނަމާއިން ބުނެފިއެވެ

ޓިކެޓް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް އަދި އޮލިމްޕަސް ކައުންޓަރުން ޓިކެޓް ލިބޭނެ އިންތިޒާމް މާދަމާއިން ފެށިގެން ހަމަޖެހިގެން ދާއިރު، އަދި ފިލްމުގެ ޓިކެޓް ހޮޓްލައިން ނަންބަރަކީ 7743399 އެވެ.

މި މަހުގެ 30 ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ 50 ވަނަ ފިލްމް ‘ގިލަން’ ގެ ޓްރެއިލާ ނިމިދިޔަ ހަފްތާގައިވަނީ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ.

Advertisement
Ooredoo — Square (box)

މި ފިލްމަކީ އަމްޖޭގެ 50 ވަނަ ޑައިރެކްޝަންގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން މަސައްކަތް ފެށި ފިލްމެކެވެ. ‘ގިލަން’ މާލެ އާއި ރަށްރަށުގައި އެޅުވުމުގެ ހުރިހާ އިންތިޒާމްތަކެއް ކުރަމުންދަނީ އައިލެންޑް ސިނަމާއިންނެވެ.

<img class="alignnone size-medium wp-image-320601" src="https://cdn.dhen.mv/wp-content/uploads/2026/06/WhatsApp-Image-2026-06-13-at-20.40.59-300x180.jpeg" alt="" width="300" height="180" />

ގިލަން’ ހަދާފައި ވަނީ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ހަމަ އެ ނަމުގައި ގެނެސްދިން މަގުބޫލު ވާހަކައަކަށް ބިނާކޮށެވެ. މިއީ އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ރޫހާނީ ހާދިސާތަކެއް ވެސް ކިޔައިދޭ ފިލްމެކެވެ.

މި ފިލްމުގެ ލީޑް ކާސްޓްގައި ހިމެނެނީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފާތުމަތު އާޒިފާ (އަޒޫ) އާއި އަހުމަދު ސައީދާއިި، އައިމިނަތު ނޫރާ، ދަރާ މުހައްމަދު ރަޝީދު އަދި މަރިޔަމް ޝަކީލާ ވެސް ހިމެނެއެވެ.

ޑައިރެކްޓަރު އަމްޖޭ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2024 ވަނަ އަހަރު ރިލީޒްކުރި ‘އުދަބާނި 2’ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް