މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި އައްޑޫއިން ހަތަރު މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި އައްޑޫ ސިޓީއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
އައްޑޫގެ ގަން ޕޮލިހާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް، ސައުތު ޕޮލިސް ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ޓީމު އަދި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެން އިއްޔެ ހިންގި ދެ އޮޕަރޭޝަންގެ ތެރެއިން އެއް އޮޕަރޭޝަންގައި ފޭދޫ ގެއެއް ބަލައި ފާސްކޮށް 35ރަބަރު ޕެކެޓު ހޯދިއިރު އޭގެ ވަގުތީ ބަރުދަނުގައި 4.8ގުރާމް ހުއްޓެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ސ. ފޭދޫ / ހަނދުވަރު، އަހުމަދު ލީން ފާރޫގު (27އ)އާއި ސ. މަރަދޫފޭދޫ / ސޭންޑީބީޗް، އަބްދުﷲ ފަޒީން (41އ)އެވެ. އެ ތިން މީހުންވެސް ވަނީ 15ދުވަހަށް ބަންދުކޮށްފައެވެ.
އަދި މަރަދޫފޭދޫގައި ހިންގި އޮޕަރޭޝަންގައި ގެއެއް ބަލާ ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ހޯދައިފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 2.81ގުރާމެވެ. އެ މައްސަލައިގައި ހައްޔަރުކުރި ސ. މަރަދޫފޭދޫ / އުއްމީދީވިލާ، އަހުމަދު ޝަރަތު (32އ)ވަނީ 15ދުވަހަށް ބަންދުކޮށްފައެވެ.
އެ ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.