ޚަބަރު

ކުޑަގިރީގައި ފަސްޓް އެއިޑްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކުޑަގިރި--

މާލެ ސަރަހައްދުގެ މީހުން ދަތުރުދާ ރަށް، ކުޑަގިރީގައި ފަސްޓް އެއިޑްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ކުޑަގިރި އޮޕަރޭޓްކުރާ އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ފަސްޓް އެެއިޑް ޕޮއިންޓެއް ގާއިމުކުރަން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަަމަށެވެ.

ދެހާސް ތޭވީސް ވަނަ އަހަރު މާލެ ކައިރީގައި ހުޅުވި ކުޑަގިރިއަކީ މިހާރު ގިނަ އަދަދެއްގެ މީހުން ދަތުރުދާ ރަށެކެވެ.

އެ ރަށުގައި ކްލިނިކެއްގެ ހިދުމަތް މިހާރުވެސް ދެމުންދާ އިރު ބެލެވޭ ގޮތުން ފަސްޓް އެއިޑް ޕޮއިންޓަކީ އަވަސް ފަރުވާ އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވުމުގެ ގޮތުން ފަށާ ހިދުމަތެކެވެ.

ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް ކުޑަގިރީގައި މިހާރުވެސް ހުރި ނަމަވެސް، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.