ޚަބަރު

އެމްޕިއެލްގެ ޑެޕިއުޓީ ސީއީއޯކަމުން ޒިޔަތު އިސްތިއުފާ ދެއްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ސީއީއޯ ކަމުން އިބްރާހިމް ޒިޔަތު އިސްތިއުފާ ދެއްވައިފިއެވެ.

"ދެން"އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި ޒިޔަތު އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ ތެރޭގައެވެ. މަގާމުން އިސްތިއުފާދެއްވީ ކޮން ސަބަބަކާ ހުރެ ކަން ނޭނގެއެވެ. ޒިޔަތު އިސްތިއުފާ ދެއްވީ ކުންފުނީގެ މަތީ ފަންތީގެ ބޯޑަށް ބޮޑު ބަދަލެއް އައިސްފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.

ޒިޔަތު އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯއަކަށް ހަމަޖެއްސީ މިދިޔަ މާޗްމަހުގައެވެ. އެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑަށް ވެސް އޭނާ އޭރު އައްޔަނުކޮށްފައިވެއެވެ. އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުން ޒިޔަތު ވަކިކޮށް، ކުރިން އެމްއޭސީލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން ވަނީ މިދިޔަ މެއި މަހު އައްޔަން ކޮށްފައެވެ. އެއާ އެކު، އޭރު ލަމްއާން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ވެސް އައްޔަންކުރިއެވެ.

ޒިޔަތު ވަނީ މީގެ ކުރިން އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވާފައިވާއިރު އޭނާ ގިނަ ދުވަސްތަކެއް ވަންދެން އެސްޓީއޯގައި ވެސް އުޅުއްވާފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!