ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ
ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދެފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަ މީހާއަކީ މާފަންނު ޕޮލިހުން ތަހުގީގު ކުރަމުންދާ، ފިހާރައަކުން އައިނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
އެހެންކަމުން އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިހުގެ ނަންބަރު 9660183އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށާއި މި ފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
