ދުނިޔެ

ދުރު ރާސްތާ ހަތިޔާރަށް އަމާޒުކޮށް، އިންޑިއާއިން ޗައިނާގެ އަސްކަރީ ބާރާ އަރާހަމަކުރަނީ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (ސިޕްރީ) އިން އެކުލަވާލި ފަހުގެ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންޑިއާގެ އަސްކަރިއްޔާ ތަރައްޤީކޮށް ޒަމާނީކުރުމުގެ މަޝްރޫޢުތަކުގައި މިހާރު އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަނީ ޗައިނާގެ އެކި ކަންކޮޅުތަކަށް ވާސިލުވެވޭނެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށެވެ. އެހެންނަމަވެސް، ޕާކިސްތާނާއެކު އޮންނަ ޒަމާންވީ ހަތުރުވެރިކަމަށް ރިއާޔަތްކޮށް، އެކަމަށްވެސް އިންޑިއާއިން އަބަދުވެސް ތައްޔާރުވަމުން އަންނަކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރޮއިޓާސްއިން މަޢުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ނިއުކްލިއަރ ހަތިޔާރު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ 24 "އަގްނީ-5" އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް އިންޑިއާގެ އަސްކަރީ ޚަޒާނާގައި ހުއްޓެވެ. މިއީ 5،000 ކިލޯމީޓަރުގެ ރާސްތާއަކަށް ޙަމަލާ ފޯރުކޮށްދިނުމުގެ ބާރު ލިބިފައިވާ މިސައިލެކެވެ. ތަޖުރިބާކާރުން އަސްކަރީ ޑްރޯންތަކުގެ ދައުރު ވެސް ވަޒަންކުރަމުންދާ މި ދަނޑިވަޅުގައި، ސިޕްރީގެ ރިޕޯޓުން ނިއު ދިއްލީގެ ނިއުކްލިއަރ ރޭވުންތައް އިތުރަށް ހާމަވެގެންދެއެވެ. މިއާއެކު ދުރު ރާސްތާގެ ހަތިޔާރުތަކަށް އަމާޒުކޮށްގެން އިންޑިއާއިން ޗައިނާގެ ބިޔަ އަސްކަރީ ބާރާ އަރާހަމަކުރަން މަސައްކަތްކުރާކަން މިވަނީ ސާފުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!