ޚަބަރު

އެކަށީގެންނުވާ ވަރަށް ދަރަނި ބޮޑުވާން ފެށީ 2016 ގައި: އޮޑިޓް ރިޕޯޓު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ދަރަނި އެކަށީގެންނުވާ ވަރަށް ބޮޑުވާން ފެށީ ފެށީ 2016 ގައި ކަމަށާއި 2018 ވަނަ އަހަރު ނިމުނު އިރު ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 71 ޕަސެންޓްގައި ކަމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވި އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.

Ads by Sosun Fihaara

މަޖިލިހުން އެދިގެން ހެދި މިއޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދައުލަތުން ގެރެންޓީ ދީގެން ނަގާ ލޯނުތައް ވެސް ހިމެނޭ ގޮތުން ދައުލަތުގެ ދަރަނި ހުންނަން ޖެހޭނީ ޖީޑީޕީއާ އަޅާބަލާއިރު 60 ޕަސެންޓަށް ވުރެ ދަށުގަ އެވެ. އަދި އެ ނިސްބަތް 2014 ވަނަ އަހަރު ހުރީ 57 ޕަސެންޓްގައި ކަމަށާއި ނަމަވެސް 2018 ވަނަ އަހަރުގެ ނިޔަލަށް އެ ނިސްބަތް 71 ޕަސެންޓަށް އަރާފައިވާ ކަމަށް އޮޑިޓު ރިޕޯޓުން ވަނީ ހާމަވެފައެވެ.

މީގެ ފަސް އަހަރުކުރިން 2015 ގައި ރާއްޖޭގެ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 56 ޕަސެންޓުގައެވެ. ނަމަވެސް ޖެހިގެން އައި އަހަރު 64 އަށް އެރުމަށްފަހު 63 އަށް ދަށްވިއެވެ. ނަމަވެސް 2018 ވަނަ އަހަރު ދަރަނީގެ ނިސްބަތް ހުރީ ޖީޕީޑީއާ އަޅާބަލާއިރު 71 ޕަސެންޓުގައެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުންނަމަ ރާއްޖޭގެ ދަރަނި އެގޮތަށް މެނޭޖު ނުކުރެވިދާ މައިގަނޑު ސަބަބަކީ ބަޖެޓް ޑެފިސިޓް އެކަށީގެންވާ ގޮތެއްގައި ހިފެހެއްޓިފައި ނުވުމެވެ. އެގޮތުން މިދިޔަ ގިނަ އަހަރުތަކުގައި ބަޖެޓް ޑެފިސިޓްވި މިންވަރު ވަނީ މަޖިލީހުން އެޕްރޫވްކުރިވަރަށް ވުރެ ބޮޑުވެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!