ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން މައުލޫމާތު ދިން ގޮތުގައި ހުދު ސަމާލު ނެރެފައި ވަނީ ރާއްޖޭގެ އެންމެ އުތުރުގެ ހަތް އަތޮޅަށެވެ. މި އަތޮޅުތަކަށް ހުދު ސަމާޅު ނެރެފައި ވަނީ މިއަދު ހެނދުނު 8:15އިން ފެށިގެން މެންދުރުފަހު 14:00 އާ ހަމައަށް ކަމަށް މެޓުން މައުލޫމާތުދެއެވެ.
މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށްވާރޭ ވެހުމާ އެކު ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކުރެއެވެ.