ޚަބަރު

ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި މަންމަގެ ބައިވެރިވުންވެސް އޮތްތޯ ބަލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޖިންސީ ގޯނާ އާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން / ސަން ފޮޓޯ:ފަޔާޒު މޫސާ

ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި މަންމަގެ ބައިވެރިވުންވެސް އޮތްތޯ ބަލަން ފަށައިފިއެވެ.

ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގެ ރަށެއްގައި ބައްޕައަކަކު ޖިންސީ ގޯނާ ކުރުމަށް ފަހު ވީޑިއޯ ވެސް ކުރި މައްސަލައެއް ފެންމަތިވެފައިވާ އިރު އެ މައްސަލައިގައި އެ ކުއްޖާގެ ބައްޕަ ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާ އިރު ކުއްޖާގެ މަންމައަށް ވެސް އެކި ފަރާތްތަކުން ދަނީ ތަހުމަތުތައް ކުރަމުންނެވެ.

އެހެންވެ އެ މައްސަލައިގައި ކުއްޖާގެ މަންމަގެ ބައިވެރިވުންވެސް އޮތީ ކިހާވަރަކަށްތޯ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އިތުރު ތަފްސީލެއް ނުދެއެވެ.

އެ މައްސަލައިގައި މަންމަ އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.

ނަމަވެސް ކުއްޖާގެ ބައްޕަ ހުރީ 30ދުވަހަށް ބަންދުކޮށްފައެވެ.

އެ މައްސަލައިގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން ވެސް ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!