Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބޮޑު އަގުގައި ބޭރު ފައިސާ ވިއްކަމުން ދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ބޮޑު އަގުގައި ބޭރު ފައިސާ ވިއްކަމުން ދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ބޮޑު އަގުގައި ބޭރު ފައިސާ ވިއްކަމުން ދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ރޭ ބުނީ އެ ދެ ބިދޭސީން ހައްޔަރުކުރީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

އެގޮތުން އެ މައްސަލައިގައި ބަނގުލަދޭޝްއަށް ނިސްބަތްވާ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ މީހުން ވެސް މިހާރު ތިބީ އިމިގްރޭޝަންގެ ބަންދުގައި ކަމަށް ފުލުހުން ބުންޏެވެ.

Advertisement
Allied — Dhen Online (box)

އެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ހިދުމަތުން މިހާރުވެސް ކުރިއަށް ގެންދާއިރު، މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ބުންޏެވެ.

ބޮޑު އަގުގައި ޑޮލަރު ވިއްކުމަކީ މިހާރު ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކުށެކެވެ. މަޖިލީހުން އެ އިސްލާހު ފާސްކުރީ ވަރަށް ފަހުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް