Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ވިޔަފާރި

ބަޖެޓަށް ފައިސާ ހޯދަން 1.59 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ

ބަޖެޓަށް ފައިސާ ހޯދަން 1.59 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ

ބަޖެޓަށް ފައިސާ ހޯދަން 1.59 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ވިއްކަން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އިއުލާނުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން މި ޓީ-ބިލްތައް ވިއްކުމަށް (ސޭލްސް ޑޭޓް) ހަމަޖެހިފައި ވަނީ 20 ސެޕްޓެމްބަރ 2026ގައެވެ. އަދި ފައިސާ ދައްކާ ހަލާސްކުރަންޖެހޭ ތާރީޚަކީ (ސެޓްލްމަންޓް ޑޭޓް) އަކީ 21 ސެޕްޓެމްބަރ 2026އެވެ.

<strong>ވިއްކުމަށް ހުޅުވާލާފައި ވަނީ 4 މުއްދަތެއްގެ ޓީބިލް</strong>

Advertisement
Allied Insurance — Square (box)

28 ދުވަހުގެ ޓީ-ބިލް - 1.04 ބިލިއަން ރުފިޔާ (އިންޓްރެސްޓް ރޭޓް: 3.50%)
98 ދުވަހުގެ ޓީ-ބިލް - 353.4 މިލިއަން ރުފިޔާ (އިންޓްރެސްޓް ރޭޓް: 3.87%)
182 ދުވަހުގެ ޓީ-ބިލް - 160 މިލިއަން ރުފިޔާ (އިންޓްރެސްޓް ރޭޓް: 4.23%)
364 ދުވަހުގެ ޓީ-ބިލް - 36.9 މިލިއަން ރުފިޔާ (އިންޓްރެސްޓް ރޭޓް: 4.60%)

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޓީ-ބިލް ގަންނަން ބޭނުންވާ ފަރާތްތަކުން ޓީ-ބިލަށް އެދި ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ 'ސަބްސްކްރިޕްޝަން ފޯމު' މެދުވެރިކޮށެވެ. އަދި ޓީ-ބިލް ވިއްކާ ދުވަހުގެ ހެނދުނު 8:30އިން 11:00އަށް މިނިސްޓްރީއަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ނުދައްކައިފިނަމަ، ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ސެކިއުރިޓީޒް އޮޕަރޭޝަންތަކުގައި ބައިވެރިވުން ސަސްޕެންޑް ކުރެވިދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް