ޚަބަރު

ހޮވައިގެންނާއި ވަގަށް ނަގައިގެން ގެނެސްފައިވާ ފޯނުތަކާއި ޑްރޯންއެއްގެ ވެރިފަރާތް ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިރާދާ، ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް / ފޮޓޯ: ދެން މީޑިއާ

ހޮވައިގެންނާއި ވަގަށް ނަގައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފޯނުތަކާއި ޑްރޯންއެއްގެ ވެރިފަރާތް ހޯދަން މިއަދު އިއުލާންކޮށްފިއެވެ.

އެގޮތުން ހަތަރު ފޯނެއްގެ ވެރިފަރާތް ހޯދަން ފުލުހުން މިއަދު އިއުލާންކުރިއެވެ.

އޭގެ ތެރޭގައި ހިމެނެނީ

  • އޮގަސްޓު 30ވަނަ ދުވަހު، އަލަމާގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ބްލެކްވިއު ބްރޭންޑުގެ މޯބައިލް ފޯނެއް.
  • ސެޕްޓެމްބަރު 9ވަނަ ދުވަހު، ތީމުގެ ކައިރި އޯކިޑްމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެމްސަންގް ބްރޭންޑުގެ މޯބައިލް ފޯނެއް.
  • ސެޕްޓެމްބަރު 12ވަނަ ދުވަހު، ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ މޯބައިލް ފޯނެއް.
  • ސެޕްޓެމްބަރު 10ވަނަ ދުވަހު، ޝަބްނަމް މަގު، ގަލޮޅު ދަނޑުކައިން ހޮވައިގެން ގެނެސްފައިވާ ވީވޯ ބްރޭންޑުގެ މޯބައިލް ފޯނެއް.

އޭގެ އިތުރުން މި މަހުގެ 9ވަނަ ދުވަހު، ވަޅޯމަސް މާރުކޭޓު ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ޑްރޯންއެއްގެ ވެރިފަރާތް ވެސް ހޯދަން ވެސް ފުލުހުން ވަނީ އިއުލާންކޮށްފައެވެ.