ދުނިޔޭގެ ސެމީކޮންޑަކްޓަރ ހަބަކަށް ވުމަށް އިންޑިއާއިން ކުރާ މަސައްކަތްތައް ހަލުވިކޮށްފި
ސެމީކޮންޑަކްޓަރ ނުވަތަ ކޮމްޕިއުޓަރ ޗިޕް އުފެއްދުމުގެ ސިނާއަތުގައި ދުނިޔޭގެ މައި މަރުކަޒަކަށް ވުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތައް އެ ގައުމުން އިތުރަށް ވަރުގަދަކޮށްފިއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ކުރިއެރުންތަކާ ގުޅިގެން ޗިޕަށް އޮތް ޑިމާންޑު އިންތިހާއަށް ބޮޑުވެފައިވާއިރު، ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ސަޕްލައި ޗެއިންތަކަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. މި ބަދަލުތަކާއެކު، ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދެކޭގޮތުގައި އިންޑިއާގެ ތަނަވަސް ވަސީލަތްތަކާއި ބޮޑު މަސައްކަތްތެރިންގެ އާބާދީއަކީ މި ދާއިރާއަށް އޮތް ވަރަށް ފަހި ފުރުސަތެކެވެ.
މިއީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުރެ، ސީއެންއޭ (CNA) އަށް ނޫސްވެރިޔާ އިޝާން ގަރްގް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.