ޚަބަރު

އަބްދުއްރަހީމް މަޖިލީހުގެ ގިނަ މެމްބަރުންތަކަކާ އެކު ޕާކިސްތާނަށް ވަޑައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުالله/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ ގިނަ މެމްބަރުންތަކަކާ އެކު ޕާކިސްތާނަށް ވަޑައިގެންފިއެވެ.

މަޖިލީހުގެ އޮފިޝަލަކު ވިދާޅުވީ އެ ބޭފުޅުން ޕާކިސްތާނަށް ވަޑައިގެންނެވީ އިއްޔެ ކަމަށެވެ. އަދި މިއީ އަމިއްލަ ދަތުރުފުޅެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. އެހެންވެ އެ ދަތުރާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އޮފިޝަލު ނުދެއްވައެވެ. އަދި އަބްދުއްރަހީމްއާ އެކު ޕާކިސްތާނަށް ވަޑައިގަތް މެމްބަރުންގެ ނަމާއި ސީދާ އަދަދެއް ވެސް ވިދާޅެއް ނުވެއެވެ.

ނަމަވެސް "ދެން"އަށް އެނގިފައިވާ ގޮތުން އެ ދަތުރުގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކްއާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އެކިއެކި ބައްދަލުވުންތަކަށް މީގެ ކުރިން ވެސް މަޖިލީހުގެ ބޭފުޅުން އެކި ގައުމުތަކަށް ދަތުރުކުރައްވާފައިވެއެވެ.