Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޖަލުތަކަށް މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިއްޖެ: ކޮމިޝަނާ އޮފް ޕްރިޒަންސް

ޖަލުތަކަށް މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިއްޖެ: ކޮމިޝަނާ އޮފް ޕްރިޒަންސް

ޖަލުތަކަށް މިހާތަނަށް 400އެއްހާ ޖާގަ އިތުރުކުރެވިފައިވާކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް (ސީޕީ)ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޒަރީރު އެފަދައިން ވިދާޅުވީ ކަރެކްޝަންސްއިން ހިންގި "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންއެވެ.

އެގޮތުން ޒަރީރު ވަނީ ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 400އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި އަދި ކައިރި މުސްތަގުބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެއްވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement
Ooredoo — Square (box)

އޮފިސަރުންގެ ދަތިކަން ހައްލުކުރުމަށް ދަސްވެނިވި 10ކުދިންގެ އިތުރުން މިހާރުވެސް މާފުށީ ޖަލުގައި އޮފިސަރުންތަކެއް ތަމްރީން ހާސިލުކުރަމުންދާކަން ވެސް ސީޕީ ފާހަގަކުރެއްވިއެވެ.

އަދި އޮފިސަރުން ތަމްރީނުކުރަމަށާއި ގައިދީން އިސްލާހުކުރުމަށް އައިކޯސްޓުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ، މިހާރުވެސް 200އެއްހާ އޮފިސަރުންނާއި މުވައްޒަފުން ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކިޔަވަމުންދާ ކަމަށެވެ.

އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެދުވެރިކަމާއި ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ނަސޭހަތްތެރިވެލައްވަމުން، އޮފިސަރުންނާއި މުވައްޒަފުންގެ ހިވާގި އަދި ބުރަ މަސައްކަތްތަކަށް ސީޕީ ވަނީ ޝުކުރުދަންނަވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް