ޚަބަރު

ޗައިނާގެ 77ވަނަ ޤައުމީ ދުވަހާ ގުޅިގެން ރައީސް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައިސް އޮފީސް

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ވުޖޫދަށް އައިތާ 77 އަހަރު ފުރޭ ޤައުމީ މުނާސަބަތާ ގުޅުވައިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެ ޤައުމުގެ ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެ ތަހުނިޔާގެ ޚާއްޞަ މެސެޖެއް މިއަދު ފޮނުއްވައިފިއެވެ.

ޗައިނާގެ ރައީސަށް އެމަނިކުފާނު ފޮނުއްވި މި މެސެޖުގައި، ދިވެހިރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީގެ ދަތުރުގައި ޗައިނާއިން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މިހާރު ޤާއިމުކުރެވިފައިވާ ފުރިހަމަ ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕްގެ ދަށުން، ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ދިވެހި ސަރުކާރުން އަބަދުވެސް އިސްކަންދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި، ފުރިހަމަ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ. އަދި މި ބަދަހި ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އެތައް މަންފާތަކަކާއި ފަހި ފުރުޞަތުތަކެއް ލިބެމުންދާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ތަހުނިޔާގެ މެސެޖު ނިންމަވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، ޗައިނާގެ ސަރުކާރަށާއި އާންމު ރައްޔިތުންނަށް ފާގަތިކަމާއި، ކުރިއެރުމާއި އަދި ތަނަވަސްކަމަށް އެދިވަޑައިގެން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވާ ގާތްކަން މުސްތަޤުބަލުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

Ads by HDC
  1. ޖައްސާޖައްސާ

    ރައީސް ޔާމީން އިސްވެ ހުންނަވާ ރަސްމާލެ އާއި ދިމާލަށް ދޯނި ތަކުގައި އާއި އަދި ލޯންޗް ތަކުގައި ދަތުރު ކޮށް އެބަޖެހޭ ކަނޑުމަތީ މުޒާހަރާ އެއް ޖައްސަން ރަސްމާލެ ހިލޭ ޔޫއޭއީ އަށްދީ އަދި އެތަނުގައި އިޒްރޭލު މީހުން ވަޒަން ވެރިކޮށް ރާއްޖެ ދެވަނަ ފަލަސްތީނަށް ބަދަލުކުރަން މިސަރުކާރުން ރާވާފައިވާ ނުބައި ރޭވުން ފަޅާ އަރުވާ ރައްޔިތުން މިކަމަށް ހޭލުން ތެރިކުރަން ފަލަސްތީނު ބިން ވެސް ވިއްކީ އީގަލްސް ހިލްސް އަށޭ އެއިރު އެމެންނަށް ކިޔަނީ އެހެން ނަމެކޭ މިކަން ކަން ކުރެވޭނީ ހަމައެކަނި ރައީސް ޔާމީނަށޭ ޖައްސާ ޖައްސާ ޖައްސާ ޖައްސާ ޖައްސާ….

  2. ޖައްސާޖައްސާ

    އީގަލްސް ހިލްސް އައްޑޫ އަށް ދިއުން ރަނގަޅު ރަސްމާލެ އާއި އެކު ވެފައިވާ އެއްބަސްވުން އައްޑޫ އަށް ބަދަލުކުރަން ތާއީދޭ ރަސްމާލެ ޚާއްސަ ކުރާށޭ މާލެ ސަރަހައްދުގެ ވިޔާފާރިވެރިންނަަށާއި އަދި ރާއްޖޭގެ އެންމެނަށް ގޯތި ދޭން މާލެ އާއި އެތަނާއި ދެމެދު ޓްރިޕްލް ޑެކް ބްރިޖް އަޅާށޭ އެދުނީގައި ހުރިއްޔާ ހުރި ހުރިހާ ރިސޯރޓްސް ތަކާއި ގުޅުވާލާ މާފުށިން މީހުންވެސް ރަސްމާލެ އަށް ބާލާ މާފުށި ފަޅު ހިއްކާ ބިން ވިއްކާށޭ މާލޭ ވިޔާފާރިވެރިންނަށް ޖައްސާ ލާރޖްކޮށް ޖައްސާ ޖައްސާ ޖައްސާ…

  3. ބަލާތި

    ދުނިޔޭގައި ކުރިއަށް އޮތް 20 އަހަރު އެންމެ ބާރަށް ކުރިއަރާނީ ޑޭޓާ ސެންޓަރާއި އަދި ޑޭޓާ ވެއަރ ހައުސް ވިޔާފާރި އޭއައި ކުރިއަރާނަމަ ޑޭޓާ ސެންޓަރ އަދި ޑޭޓާ ވެއަރ ހައުސް ވަރަށް ގިނަ އަދަދަކަށް ބޭނުންވާނެއޭ ގޫގުލް ސާރވާރ ވެސް ދަނީ އެކްސްޕޮނެންޝަލް ރޭޓް ގައި ފުރެމުންނޭ ޑޭޓާ ސެޓްސް ތައް ރައްކާ ކުރަން ޖެހުމުން ރަސްމާލެ ޚާއްސަ ކުރާށޭ ޓެކްނޮލޮޖިކެލް ޖަޔަންޓުންނަށް ރަސްމާލެ އޮތީ ވަރަށް ރަނގަޅު ސްޓެރެޓެޖިކް ލޮކޭޝަން އެއްގައޭ ރާއްޖޭގެ މެދު އެއީ ރެއިން ޑްރޮޕްސް އޮން ދަ ގްލާސް ކްލީން އޮޓޮނޯމެސް މޯޑް…

  4. ހާމަކުރޭ

    ރަސްމާލެ އެއްބަސްވުން ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ ހާމަކުރޭ