Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދުއްވީ ވަގަށް ނަގާފައިވާ ސައިކަލަކަށް 3 މީހުން އަރައިގެން ވަންވޭއާ ޚިލާފަށް

ދުއްވީ ވަގަށް ނަގާފައިވާ ސައިކަލަކަށް 3 މީހުން އަރައިގެން ވަންވޭއާ ޚިލާފަށް

ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުވި ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވާފައި ވަނީ 3 މީހުން އަރަގެން ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މި ހާދިސާ 2026 އޮކްޓޫބަރު 7ވަނަ ދުވަހުގެ ދަންވަރު 02:55 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 5 މީހަކަށް އަނިޔާވެ ދަނީ ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައި.ޖީ.އެމް.އެޗް އަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

Advertisement
Ooredoo — Square (box)

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި 3 މީހުން އަރައިގެން ދަތުރުކޮށްފައި ވަނީ ވަންވޭއާ ޚިލާފަށެވެ. އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް