Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވަންވޭއާ އިދިކޮޅަށް ދުއްވަނިކޮށް ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކު ވެންޓިލޭޓަރުގައި

ވަންވޭއާ އިދިކޮޅަށް ދުއްވަނިކޮށް ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކު ވެންޓިލޭޓަރުގައި

ހުޅުމާލޭގެ ނިރޮޅުމަގުގައި ވަންވޭއާ އިދިކޮޅަށް ތިން މީހުންނާ އެކު ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ 2026 އޮކްޓޫބަރު 7ވަނަ ދުވަހުގެ ދަންވަރު 02:55 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަމަށެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޤަވާއިދާ ޚިލާފަށް ތިން މީހުން އަރުވައިގެން ދިޔަ ސައިކަލެއް، ވަންވޭއާ އިދިކޮޅަށް ދުއްވާފައި ދަނިކޮށް، ޤަވާއިދާ އެއްގޮތަށް ދެ މީހުންނާ އެކު ދަތުރުކުރި ސައިކަލެއްގައި މުޑިއަރައިގެންނެވެ.

މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލަތު ވަރަށް ނާޒުކުކަމަށް ފުލުހުން ފުރަތަމަ ހާމަކުރިއެވެ. އަނިޔާވި ފަރާތްތަކަށް އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް، ހާލަތު ސީރިއަސްވުމުގެ ސަބަބުން އެ އެންމެން ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާދޭ ފަށާފައެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން މިވަގުތު ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ހޯދަމުންދާ ދެ މީހުންނަކީ ކޮން ސައިކަލެއްގައި ދަތުރުކުރި ބައެއްކަން އަދި ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް