ޝަރުއީ ރުގުޔާގެ ނަމުގައި މަހާނަ ކޮނުމުގެ އަމަލުތަކަކީ ހަރާމް ކަމެއް: ވަޒީރު ޝަހީމް
ޝަރުއީ ރުގުޔާ ކުރުމުގެ ނަމުގައި މަހާނަ ކޮނުމުގެ އަމަލުތަކަކީ ހަރާމްވެގެންވާ އަމަލުތަކެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ ޝަރުއީ ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ކޮށްނަކަމުގެ މައުލޫމާތު ވެސް ބައެއް ފަހަރު ލިބޭ ކަމަށާއި އަދި ޝަރުއީ ރުގުޔާކުރުމުގައި އެފަދަ އެއްވެސް އަމަލެއް ހިންގުމަކީ ގުރްއާނާއި ސުންނަތުން ސާބިތުވާކަމެއް ނޫން ކަމަށާއި އަދި އެކަން ހުއްދަ ވެސް ނޫން ކަމަށެވެ.
އެހެންކަމުން ރުގުޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ހަރާމްވެގެންވާ އަމަލުތަކެއް ކަމަށާއި ޝަރުއީ ރުގުޔާއަކީ ބަލިމީހާށް ޝިފާއަށް އެދިގެން ގުރުއާން ކިޔަވައި އޭނާގެ ގަޔަށް ފުމުން، ނުވަތަ ފެނަށް ކިޔަވައި ފެން ބޯން ދިނުން ނުވަތަ ޝިފާއަށް އެދި އެކަމުގައި ސުންނަތުން ސާބިތުވެފައިވާ ދުޢާތައް ކިއުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރުގުޔާކުރުމުގެ ނަމުގައި ޝަރުއީ ގޮތުން ހުއްދަ ނޫން ނޭދެވޭ އަމަލުތަކާމެދު ރައްކާތެރިވުމަށާއި އަދި ބަލިތަކަށް ޝިފާ ދެއްވަނީ މާތް ﷲ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
